ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ސައުތު ޕޮލިސްގެ މުޙައްމަދު ޔާސީން އާއި އަޙްމަދު ސަބާހު ހިމެނިއްޖެއެވެ،
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުގައި ސައުތު ޕޮލިސް އާއި އައިޑީ ކުލަބު ބައްދަލުކުރި ފޯރިގަދަ މެޗު އައިޑީ ކްލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްފައިވާއިރު ޗެމްޕިއަން ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަޙުމާންއެވެ. އަދި ރަނަރަޕް ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އަދި ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިޑީ ކްލަބުގެ ކެޕްޓަން ޢަލީ މައުރޫފްއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:
މީގެ އިތުރުން ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ޝާން އެވެ. ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމަށް ޕީއެސްއާރުސީ ޢަލީ ޒަޙުރާން ހޮވުނު އިރު އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ނާފިއުއެވެ. އަދި ފިރިހެން ޑިވިޜަންގެ ހިންގުންތެރި މެނޭޖަރަކަށް ސައުތު ޕޮލިސްގެ މެނޭޖަރު ޙުސައިން މުޙައްމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އައިޑީ ކުލަބުގެ ކޯޗު ޝުއައިބް އަޙްމަދުއެވެ.