English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އައްޔަނުކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ، އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ.

އިންޓެލިޖެންސްގެ އިސް ވެރިޔަކަށް ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރިތާ ހަ އަހަރަށް ފަހު، މި ސަރުކާރުގައި އޭނާ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

މުޙައްމަދު ޙަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ވާގޮތުގެ މަތީންނެވެ.