English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމަށް ފެން ފައިބަމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 9:30 އަށް ތާވަލްކޮށްފައިވާއިރު، ކޯޓު ރޫމަށް ފެން ފައިބަމުންދާތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.

މިމައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިވަނީ އޮގަސްޓްމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އޮގަސްޓްމަހުގެ 30 ވަނަ ދުވަހުވެސް އަޑުއެހުމެއް ތާވަލްކުރުމަށްފަހު، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.