English Edition
Dhivehi Edition

ބޭސް ނަގާއިރު މުއްދަތުހަމަވާ ތާރީހު ޗެކު ކުރުމަށާއި މުއްދަތު ހަމަވާ ތާރީހު ނެތް ނަމަ ބޭސް ނުނެގުމަށް އާސަންދައިން އިލްތިމާސްކޮށްފިއެވެ.

މުއްދަތު ހަމަވާން ކައިރިވެފައިވާ ބޭސްތަކާއި ބޭސް ސިޓީގައި ލިޔެފައި ހުންނަ ބޭސް ނޫން އެހެން ބޭސްތައް ވިއްކާ ކަމުގެ ޝަކުވާ އިތުރުވެފައިވާ މި ދަނޑިވަޅު އާސަންދައިން ވަނީ ބޭސްފިހާރަތަކުން ބޭސް ގަންނައިރު މައްސަލައެއް ފާހަގަކުރެވޭ ނަމަ ފޮޓޯއާ އެކު އާސަންދައަށް އެކަން އެންގުމަށް އިލްތިމާސްކޮށްފައެވެ.

ބޭހާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު އާސަންދައިން ބުނީ އަދި ރަސްމީކޮށް އެއްވެސް ޝަކުވާއެއް އެ ކުންފުންޏާއި ހަމައަށް އައިސްފައި ނުވާކަމަށެވެ.

އާސަންދައިން ވަނީ މި ފަދަ މައްސަލަތައް އާސަންދައިގެ މޯބައިލް އެޕުން ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖެއް ފޮނުވައިގެން ހުށަހެޅުމަށް އެދިފައެވެ.އަދ އާސަންދައިގެ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބާ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް ކޮށްގެން ރިޕޯޓް ކުރުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ޓެގު