English Edition
Dhivehi Edition
ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރި ފުރަތަމަ ސްކޫލު މިއަދު ހުޅުވައިފިއެވެ،

“އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް” ގެ ކިޔެވުން، މިއަދު ފެށިގެން ދިޔައީ 824 ދަރިވަރުންނާއެކުގައެވެ. މިއީ އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކަށް ކިޔަވައިދޭ ސްކޫލެކެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމުއެވެ، މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި، ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރާއްޖޭގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރު އަހުމަދު ކާމިލްދީދީގެ ނަމަށް ހާއްސަ ކޮށްފައިވާ މި ސްކޫލުގައި މި ވަގުތު 47 ޓީޗަރުން މަސައްކަތްކުރައްވަމުން ގެންދަވާއިރު އިދާރީ 8 މުވައްޒަފުންނާއި މަސައްކަތު 10 މުވައްޒަފުންނާއެކު ފެށިގެން ދިޔަ މި ސްކޫލު ގައި އިމާރާތް ކޮށްފައިވަނީ 24 ކްލާސްރޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އުޅޭ ރައްޔިތުންނަށް، މާ ދުރުގައި ހުރި ސްކޫލުތަކަށް ދަރިފުޅު ގެންދިޔުމުގެ ބަދަލުގައި، މިހާރު ހިނގާލާފައި މަދު މިނިޓްކޮޅަކުން ސްކޫލަށް ދެވޭނެ ކަމަށެވެ. އަދި ބަހުގައި ދަރިފުޅު ސްކޫލަށް ފޮނުވަން ފަސްޖެހޭ ބެލެނެވެރިންނަށްވެސް ގޭ ބެލްކަނީގައި ހުރެގެން ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު މިހާރު ބަލާލެވޭނެ ކަމަށެވެ.