English Edition
Dhivehi Edition

ގދ.ގައްދޫ އިން އާންމުން ދިރިއުޅުމަށްޓަކައި 2014 ވަނަ އަހަރު ދޫކޮށްފައިވާ ގޯތިތައް ރަޖިސްޓްރީ ކުރުމަށް ގައްދޫ ކައުންސިލުން އަންގައިފިއެވެ.

ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ 20 އޮގަސްޓް 2014 ވަނަ އަހަރު ދޫކުރި 130 ބަންޑާރަ ގޯތީގެ ތެރެއިން ގިނަ ގޯތި މިއަދާއި ހަމަޔަށް ވެސް އެގޯތި ލިބިފައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނުވާ ކަމަށް ބުނެފައެވެ. އަދި މިކަން މިހެން ހުރުމުގެ ސަބަބުން އެ ސަރަހައްދު ސާފް ކުރުމަށާއި ލިބިފައިވާ ގޯތިތައް ވަކި ކުރުމަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެހެން ކަމުން ރަޖިސްޓްރީ ހައްދާފައިނުވާ ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ގޯތީގެ އިންވަކިކޮށް 45 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މި ފަދައިން އަމަލުނުކުރާ ފަރާތްތަކަށް ޤާނޫނު ނަންބަރ 2002/1 ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ކައުންސިލްގެ އިތުރު ނިންމުމެއް ނުވަތަ އެންގުމަކާއި ނުލައި އެ ގޯއްޗެއް ވަކިކުރެވޭނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.