English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި ހޮރައިޒަން ފިޝަރީޒް އިން ހަދަމުންގެންދާ ކޯލްޑް ސްޓޯރޭޖް ނުނިމި ލަސްވަނީ އެތަނުގައި ހުރި ވެލިތަކެއް ނުނެގިގެން ކަމަށް ފިޝަރީޒް މިންސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިގޮތަށް ޖަވާބުދެއްވުމުން މެމްބަރު ފިރުޝާން ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ މިނިސްޓަރު އެދަންނަވާ ވެލިފުނި ހުރީ ހޮރައިޒަން އަށް ދީފައިވާ ބިމުގައި ނޫންކަމަށާއި މިކަމުގައި މިނިސްޓަރު ސީދާ އިތުރުފުޅު ހައްދަވާކަމަށް މެމްބަރު ފިރުޝާން ވަނީ ވިދާޅުވެފައެވެ.

މި ކޯލްޑް ސްޓޯރޭޖްއަކީ 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒް އާއި ހަވާލުކުރެވި އެއްއަހަރުގެ މުއްދަތެއްގައި ނިންމުމަށް އެބަސްވެފައިވާ ތަނެކެވެ. 17 އަހަރު ފާއިތު ވިއިރު މިތަނުގައި ކުރެވިފައިވަނީ ހަނައެކަނި ކޮންކްރީޓް މަސައްކަތެވެ.