English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި ތަރައްގީކުރާ އިކޯ ޕާކް “ކަކުޑުއޮޅާ ހިތްފަސޭހަ މައިޒާން”ގެ މަސައްކަތް ނިންމައިފިއެވެ.

ހޯނޑެއްދޫގެ ދަރުމަވެރި ޖަމްއިއްޔާއެއް ކަމުގައިވާ ހޯނޑެއްދޫ ސްޕޯޓްސް އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓަކީ ހޯނޑެއްދޫ ކައުންސިލުގެ ހިލޭ އެހީގައި ކުރިއަށްގެންދެވުނު ޕްރޮޖެކްޓެކެވެ.

މި ޕާކް ތަރައްގީކޮށްފައިވަނީ ހޯނޑެއްދޫގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ހުޅަނގު ފަރާތުގައެވެ. އެތަނުގައި އާއިލާއާއެކު ހިތްފަސޭހަ ވަގުތުތަކެއް ހޭދަކޮށްލެވޭގޮތަށް ތަރައްގީކޮށްފައިވާ މި ޕާކުގައި ބާބަކިޔު ގްރިލްއަކާއި އުދޯއްޔެއްގެ އިތުރުން 3 ޖޯލިފައްޗާއި 4 ބެންޗް ގޮނޑި ބަހައްޓާފައިވެއެވެ.

ހޯނޑެއްދޫ ސްޕޯޓްސްއިން ވަނީ ގދ. ހޯނޑެއްދޫގައި ބެންކް އޮފް މޯލްޑިވްސް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އެރަށު އުތުރު ފަރާތުގައި ނޭޗާ ޕާކެއްވެސް ތަރައްގީކޮށްފައެވެ.