އައްޑޫސިޓީ ފޭދޫ ވޮލީކޯޓުގައި މިހާރުކުރިއަށްދާ “ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 ” ގައި މިރޭ މަރަދޫފޭދުއާއި ފޭދޫ ހެލްތު ސެންޓަރު ބައްދަލުކުރި މެޗު މަރަދޫފޭދޫ ކާމިޔާބުކޮށްފިއެވެ.
މަރަދޫފޭދޫ ޓީމުން މި މެޗުކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ކުއީން އަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 5 އާމިނަތު ރާޝިދާއެވެ.
މި މުބާރާތުގެ މެޗެއް ދެންކުޅޭނީ މިމަހުގެ 29 ވަނަދުވަހުގެރޭގައެއެވެ. ބައްދަލުކުރާނީ ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، މީދޫ ވިމެންސް ކުލަބެވެ. މި މެޗުވެސް ފަށާނީ އެރޭ 20:30 ގައެވެ.
މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ ކުޅޭނީ 8 މެޗެވެ. ސެމީ ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އޮންނާނީ 30 ވަނަދުވަހުގެ ރޭގައެވެ.