ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 މުބާރާތުގައި ފޭދޫ ވޮލީކޯޓުގައި މިރޭ ކުޅުނު މެޗު ފޭދޫ ހެލްތު ސެންޓަރ (އެފްއެޗުސީ) ކާމިޔާބު ކޮށްފިއެވެ.

މީދޫ ވިމެންސް ކުލަބާ ދެކޮޅަށް ކުޅުނުމެޗު، ފޭދޫ ހެލްތުސެންޓަރުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. މި މެޗުގެ ކުއީން އަކަށް ހޮވިފައިވަނީ ފޭދޫ ހެލްތު ސެންޓަރުގެ ޖާޒީ ނަމްބަރު 4 އާމިނަތު ޝަފީ ނާޒެވެ.
މި މުބާރާތުގެ މެޗެއް ދެންކުޅޭނީ މާދަމާރޭގައެވެ. ބައްދަލުކުރާނީ މަރަދޫ ފޭދުއާއި، އެފްއެޗުސީ ޓީމެވެ. މި މެޗުވެސް ފަށާނީ މާދަމާރޭ 20:30 ގައެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ ކުޅޭނީ 8 މެޗެވެ. ސެމީ ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އޮންނާނީ 30 ވަނަދުވަހުގެ ރޭގައެވެ.