English Edition
Dhivehi Edition

ފުވައްމުލައް ސިޓީ، ފުނާޑު ކައުންސިލުގެ ކުރީގެ ރައިސް އަލީ ވަސީމް ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި ގޭގައި އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކުއްލިގޮތަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާޓް އެޓޭކު ޖެހުމާއި އެކު އޭނާ ނިޔާވެގެން ވެއްޓިފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަސީމް އޮތީ ނިޔާވެފައެވެ.

ވަސީމް ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ރައީސް ކަމަށް ފުރަތަމަ އައްޔަން ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އޭނާ ވަނީ އިންތިިޚާބުގައި ވާދަ ކޮށް ދެ ދައުރު އެ ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ.

އޭގެފަހުން އޭނާވަނީ ރިސޯޓު ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މަރްހޫމް އަލީ ވަސީމްގެ ކަށުނަމާދު އޮތީ މިރޭ 21:15 ގައި ފުވައްމުލައް ސިޓީގެ މަސްޖިދު ތައުބާ ގައެވެ.