ފުވައްމުލަކު ސިޓީ ހުކުރު މިސްކިތުގެ އާސާރީ ގަބުރުސްތާނަށް ގެއްލުންދީފިއެވެ.
ހެރިޓޭޖު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނުގެ ދުވަސްވީ ގާތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދިން މައްސަލަ މިމަރުކަޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު ފޮނުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ޓްވީޓިގައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ގަބުރުސްތާނުގައި ހުރި މަހާނަ ގާތަށް ވަނީ މެދުން ބިންދާލާފައެވެ.
ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނުގެ ދުވަސްވީ ގާތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދިން މައްސަލަ މިމަރުކަޒުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައި. އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ފޮނުއްވުމަށް @FVMCouncilގަ ދަންނަވާފައި pic.twitter.com/07SEpQ3fQd
— National Centre for Cultural Heritage (@HeritageMv) June 13, 2022
ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.