ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 މުބާރާތުގައި ރޭ ކުޅުނު މެޗު މަރަދޫ ފޭދޫ ކާމިޔާބުކޮށްފިއެވެ.
ފޭދޫޔޫތު ކޮމިޔުނިޓީއާ ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށްފަހު މަރަދޫ ފޭދޫ މެޗު ކާމިޔާބުކުރީ ސީދާ 3
ސެޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 15 އާމިނަތު އަޒީމާއެވެ.
މިރޭ ކުޅޭނީ މުބާރާތުގެ 4 ވަނަ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ މީދޫ ވިމެންސް ކުލަބާއި، ފޭދޫހެލްތު ސެންޓަރެވެ. މި މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުވެސް ކުޅޭނީ ފޭދޫ ވޮލީކޯޓުގައެވެ.
މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ ކުޅޭނީ 8 މެޗެވެ. ސެމީ ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އޮންނާނީ 30 ވަނަދުވަހުގެ ރޭގައެވެ.