English Edition
Dhivehi Edition

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބައިވެރިވުމާއެކު ހިންގި ހިޔާނާތެއް ކަމަށް އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސަރުކާރެއްގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގާފަވަނީ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ބައިވެރިވުމާއިއެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އެކަނިވެސް ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ޔާމީން ވަނީ ނޫސްވެރިންކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. 4 ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް އުފެދިއްޖެނަމަ، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯއްދަވާނެ ކަމަށެވެ. ގެއްލުނު ފައިސާއިން ބޮޑުބައެއް ހުރީ ސިންގަޕޫރުގެ ބޭންކެއްގައި ހުރި ތިޖޫރީއެއްގައިކަން ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ނުލިބި، އެކަމުގައި ޝާމިލުވި މީހުން ދިގު މުއްދަތަކަށް ޖަލަށްލުމުން އަދި ނުފުދޭ ކަމަށެވެ.