English Edition
Dhivehi Edition
25 އޮގަސްޓް 2019: ރައިސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި، އެދުރުންގެ ދައުރު ވަރަށް ބޮޑުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ އެކުދިންނަށް ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު އަދާކޮށްދީގެން ކަމަށެވެ. އަދި ކިޔަވާކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށް ކަމާއި، އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ އެދުރުން އެކުދިންނަށް ރަނގަޅުކަމުގައި ދެއްކި އެއްޗެއް ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އެކުދިން ހުތުރު ކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެއް ކަމަށް ވުމުން، އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، އެދީނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދައި އެކުދިންނަށް ރިވެތި ނަމޫނާ ބަޔަކަށްވުމަށް ހުކުރު ހުޠުބާގައި ވަނީ އެދުރުންނަށް އިލްތިމާސްކޮށްފައެވެ.

ދަރިންނަށް ތައުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ޚުތުބާގައި ބުނީ ދަރިވަރުން ސްކޫލް މަދްރަސާތަކަށާއި ކޮލެޖު ޔުނިވަރސިޓީތަކަށް ފޮނުވައިގެން އުގަންނަނއިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މަތީ ފެންވަރުތައް ދަރިންނަށް ޙާޞިލުކޮށްދެވޭތޯ ބެލެނިވެރިން ހީވާގި ކަމާއެކު މަސައްކަތްކޮށްދިނުމަށް ވެސް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.