English Edition
Dhivehi Edition
ސ.މީދޫ މިސްކިތެއްގައި ޢީދު ނަމާދުކުރަނީ

އިސްލާމިކް މިނިސްޓްރީން ފެށި “ޒުވާން ޚަތީބު” ޕްރޮގުރާމުގެ ދަށުން ހުތުބާ ކިޔުމުގެ ހުއްދައަށް އެދި 100 ޒުވާނުން ކުރިމަތިލައިފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ “ޒުވާން ޚަތީބު” ޕްރޮގުރާމުގެ ދަށުން ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވައި، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާ ކިޔުމުގެ ހުއްދަ ދޭން ނިންމާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުތުބާ ކިޔުމުގެ ހުއްދަ ނަގަން 100 ޒުވާނުން މިހާތަނަށް ކުރިމަތިލައިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އިންޓަވިއު އަންނަ ހަފްތާގައި ފަށާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޝަހީމް ވިދާޅުވީ އެ ފަރާތްތަކަށް ފިގްހީ ތަމްރީނުތައް ދީ، ކުރިއަށް އޮތް ރޯދައިގެ ކުރިއަށް އެ ހުރިހާ ކަމެއް ނިންމާނެ ކަމަށެވެ.