English Edition
Dhivehi Edition

“މީސްމީޑިއާ” ގެ ނަމުގައި ހިންގާ ފޭސްބުކު ޕޭޖާއި ވެބްސައިޓުގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްއެމްސީ އިން ބުނީ “މީސް މީޑިއާ” ވެބްސައިޓުގައި ރާއްޖޭގެ ގިނަ ނޫސްތަކުގެ ކޮންޓެންޓް ހުށަހަޅާފައިވާކަމަށާއި ބައެއްގެ ފިކުރީ މުދާތައް އެގޮތަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. މީސް މީޑިއާ” ވެބްސައިޓު ހުޅުވުމުން އެހެން ސައިޓުތަކުގައި ލިޔެފައިވާ ހަބަރުތަކާއި ރެޕޯޓްތަކުގެ 2-3 ވަރަކަށް ފޮޅުވަށް ފެންނަން ހުރެއެވެ، އަދި އިތުރަށް އެ ހަބަރެއް ނުވަތަ ރިޕޯޓް ކިޔަން ބޭނުންވާނަމަ މަހަކަށް 30 ރުފިޔާ ދައްކައިގެން ސަބްސްކްރައިބް ކުރަންޖެހެއެވެ.

މިކަން އެމްއެމްސީ ގެ ސަމާލުކަމަށް އައުމާއެކު ހުއްދަނެތި މީޑިއާތަކުގެ ކޮންޓެންޓް ބޭނުން ކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އެމްއެމްސީ އިން ވަނީ ބުނެފައެވެ، އަދި އެމްއެމްސީ އިން އެޕޭޖުގައި ފައިސާ ޓްރާންސްފާ ކުރަން ޖަހާފައިވާ އެކައުންޓް ނަންބަރަކީ ކޮން އެކައުންޓް ނަންބަރެއްތޯ ވެސް ބަލާފައިވާކަމަށް އެމްއެމްސީ އިން ވަނީ ބުނެފައެވެ.