English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ ކާމިޔާބު، ގިނަ ފިލްމުތަކެއް ކުޅެފައިވާ އާމިރް ހާންގެ “ލާލް ސިންހް ޗައްޑާ” މިއަދު ރިލީޒްކޮށްފައިވާއިރު، ފިލްމު ރިލީޒްކުރާތީ ނުނިދާކަމަށް އާމިރް ހާން ބުނެފިއެވެ.

އާމިރް ހާން އާއި ކަރީނާ ކަޕޫރުގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން ދިޔަ މި ފިލްމު، ރިލީޒް ކުރުމުން ލިބޭނެ ކޮމެންޓްތައް އަޑުއަހާ ހިތުން ނުނިދޭ ކަމަށް އާމިރް ހާންވަނީ ބުނެފައެވެ، ނުނިދާ ހުރެ ފޫހިފިލުވަން އޮންލައިން ކޮށް ތާސްކުޅެ ފޮތް ކިޔަމުންދާކަން ހާމަކުރަމުން އާމިރް ބުނީ އޭނާއަށް ނިދޭނީ ފިލްމު ރިލީޒްކުރުމުން ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ދެއްކި “ކޮފީ ވިތު ކަރަން” ގެ ސީޒަން ހަތެއްގައި އާމިރު އާއި ކަރީނާ ވަނީ މި ފިލްމަށް ބޮޑެތި އުންމީދުތަކެއް ކުރެވޭކަމަށް ބުނެފައެވެ. އަދްވައިތު ޗަންދަން ޑައިރެކްޓްކުރި މި ފިލްމުން ބޮލީވުޑްގެ ތިން ހާނުން ކަމަށްވާ ސަލްމާން ހާން، އާމިރު ހާން އަދި ޝާހުރުކް ހާން ފެނިގެންދާއިރު މި ފިލްމަކީ ވަރަށް ތާރީހީ ފިލްމެއްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ،