English Edition
Dhivehi Edition
11 ސެޕްޓެމްބަރ 2017: 56 ގާނޫނީ ވަކީލަކު ސަސްޕެންޑުކުރުމާ ގުޅިގެން ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/

ސަސަޕެންޑް ކުރި ވަކީލުންގެ ތެރެއިން އިތުރު އަށް ވަކީލަކަށް ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލުން ދީފިއެވެ.

ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން ސަސަޕެންޑްކޮށްފައިވާ ވަކީލުންނަށް ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފައި ވަނީ އެ ވަކީލުންނާ ގުޅޭ ގޮތުން އެ ޑިޕާޓްމެންޓުން ބެލި މައްސަލަ ނިމުމުން ކަމަށް ޑީޖޭއޭ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައިވަނީ ބުނެފައެވެ. ޑީޖޭއޭ އިން އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދިން އަށް ވަކީލުންނަކީ އަބްދުﷲ ހުސެއިން، މަސްތޫރު ހުސްނީ، މޫސާ ސިރާޖް، ހަސަން ވަހީދު، ، މުހައްމަދު ފަރީދު، ، އަހުމަދު އަބްދުﷲ އަފީފް، ، ރުޝްދުﷲ އިބްރާހީމް އަދި ، ސަފާޢަތު ހަބީބްއެވެ

މިދިޔަ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހު ޕެޓިޝަނެއް ހުށަހަޅަން އުޅުމުން 54 ވަކީލަކު ވަނީ ސަސްޕެންޑްކޮށްފައެވެ.މީގެ ތެރެއިން ވަކާލާތުކުރުން މަނާކުރި 27 ބޭފުޅެއް ފިޔަވައި އެހެން ބޭފުޅުންނަށް ވަކާލާތުކުރުމުގެ ހުއްދަވަނީ ދީފައެވެ. އަދި އަލުން އިތުރު އަށް ވަކީލަކަށް ހުއްދަ ދިނުމުން ސަސްޕެންޝަނުގައި ތިބި ވަކީލުންގެ އަދަދު މިހާރު ވަނީ 19 އަށް ތިރިވެފައެވެ.

ޓެގު