English Edition
Dhivehi Edition
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ފެށުމަށް މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ދިނުމަށް ނިންމާފައިވާކަމަށް ބުނާ އަޑުގަދަވެފައިވާ މި ދުވަސްވަރު، އެމްޑީޕީގެ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދަށް ޕްރައިމަރީއާ ގުޅޭ ގޮތުން އިސްލާހެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންކަން ފާހަގަކޮށް އިބުރޭ ވިދާޅުވީ މި މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާނެކަމަށެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވާނެކަން އިއުލާނުކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއާޕަސަން ހޮވުމަށް ބޭއްވި އިންތިހާބުގައި އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. މި ގޮތުން ރައީސް ސޯލިހް އާއި ރައީސް ނަޝީދުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅު އެމްޑީޕީގެ ކޮންގްރެސް ބާއްވަން އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.