English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕަ، މޫސާ ވަޖުދީ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޖުދީ ނިޔާވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މަރަދޫގައި ހުންނަ އަމިއްލަފުޅު ގޭގައެވެ.

ކެއްކުމުގެ ދާއިރާގައި ރާއްޖޭގައި ފުންނާބު އުސް ޖުވޭރިއާ ވަޖްދީގެ ވެސް ބައްޕަ، މޫސާ ވަޖްދީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަޖިލީހުގެ އިދާރާއިން ވަނީ އާއިލާއަށް ތައުޒިޔާގެ ފޮނުއްވާފައެވެ.

މީގެ އިތުރުން މަރަދޫ ރައްޔިތުން ވެސް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެންދަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.