English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފަށް ހަމަލާ ދިން މައްސަލައިގާ 4 ދިވެހިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއައި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ. އަދި 24 އަހަރުގެ އެކަކަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުން ދާ ކަަމަށް ފުލުހުން ބުނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރިއަަށް ދަނިކޮށް ޝަރީފަށް ހަމަލާދީފައި ވަނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ. އެ ހަމަލާގައި ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެ، ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ ވެސް އައިސްފައެވެ.