އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށް ޖެހިޔަ ނުދީ ދެ އަހަރު ވަންދެން ސަރުކާރުން އިގްތިސާދު ‘މެނޭޖް’ ކޮށްފައިވާކަމަށް އައްޑޫ މަރަދޫ ދާއިރާގެ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.
ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާ މި ދަނޑިވަޅު ސަރުކާރުން ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅުނު ނަމަ ލަންކާ އަށް ކުރިމަތިވި ފަދަ ގޮތެއް މެދުވެރިވެދާނެކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިފަދަ ގިނަ ވާހަކަތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިގްތިސާދު ދަނީ ހަމަ މަގަށް އެޅެމުން ކަމަށެވެ. އަދި އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށް ޖެހިޔަ ނުދީ ދެ އަހަރު ވަންދެން ސަރުކާރުން އިގްތިސާދު ‘މެނޭޖް’ ކޮށްފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ދައުލަތް ޑިފޮލްޓް ވީކަމަށް ދައްކާ ވާހަކައަކީ ނުރައްކާތެރި އަދި ހަގީގަތާއި ހިލާފް ވާހަކައެއްކަމަށެވެ.
އިތުރަށް ޝަރީފް ވިދާޅުވީ މި ސަރުކާރު ބަނގުރޫޓްކޮށް، އިނދަ ޖައްސާލުމަށް ސިޔާސީ ވާދަވެރިން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ސަރުކާރު ބަނގުރޫޓުކުރުމަށް އެތެރެއިންނާއި ބޭރުން ކުރާ ހުރިހާ މަސައްކަތެއްގެ ނޭދެވޭ އަސަރު ކުރަމުން ދަނީ ރައްޔިތުންނަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ” ބަނޑަށް ޖެހޭނީ އެންމެން. ފުންކޮށް ވިސްނަންވެއްޖެކަމެއް. މި ގޮތަށް ނުކުރުމަށް ގޮވާލަން: ޝަރީފް ވިދާޅުވިއެވެ.