English Edition
Dhivehi Edition

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާ، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުއަކީ 27،8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.