English Edition
Dhivehi Edition

މިދިޔަ ދެ ދައުރުގައި ވެރިކަން ކުރި ރައީސުން ވެސް ރައްޔިތުންގެ ކުރިމަތީގައި ބޮޑު ތަނުން ފެއިލްވެފައިވާކަމަށް ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާގެ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި އޮތީ ބިރުވެރިކަމުގެ އޮއިވަރެއްގައިކަމަށެވެ.

މިދިޔަ ދެ ދައުރުގައި ވެރިކަން ކުރި ރައީސުން ވެސް ރައްޔިތުންގެ ކުރިމަތީގައި ބޮޑު ތަނުން ފެއިލްވެފައިވާ ކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ ހާއްސަކޮށް ގައުމަށް އެންމެ ބޮޑަށް ޣައްދާރުވި ރައީސަކީ، ރައީސް ޔާމީންކަމަށެވެ.އަދި އެމަނިކުފާނުގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އިންތިހާއަށް އޮތްކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

މިހާރު އެމްއެންޕީ ވުމެންސް ވިންގުގެ ލީޑަރަކަށް ހުންނެވި ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އަނިޔާވެރިކަން ހުރިވަރު ހާމަވަނީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމުން ކަމަށާއި އެކަން ރައްޔިތުން ހަނދާން ނުނެތޭނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތީ ބިރުވެރިކަމުގެ އޮއިވަރެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ އެކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ދެވަނަ ފަހަރަށް އެފަދަ ކަމެއް ރާއްޖޭގައި ތަކުރާރުވިޔަ ދީގެން ނުވާނެކަމަށެވެ،