ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވީޑިއޯ އާއި ފޮޓޯ އެބަހުރިކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެ މަނިކުފާނު ވަނީ ރައީސް ސޯލިހް އާއި އެމްޑީޕީގެ މެމެބްރުންގެ ބޮލުގައި ގިނަ އިލްޒާމްތަކެއް އަޅުއްވާފައެވެ.
މި ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާއި އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާކަމަށެވެ.އަދޮ އެ ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ސުވާލުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ ސުވާލުކުރައްވަފައެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ސް އިބްރާހިމް ސޯލިހް ހައްޔަރު ކުރެވެނީ ރާ ބޯ ތަނާއި ޒިނޭ ކުރާ ތަން ވީޑިއޯއަށް އެރީމަތޯ ސުވާލުކުރައްވާފައެވެ. އީވާގެ މި ވާހަކަތަކާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ވަނީ ހަމަޖެހިވަޑައިގެންނެވުމަށް އީވާއަށް ދަންނަވާފައެވެ. މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ހަމަޖެހެންވީ ރައީސް ސޯލިހް ކަމަށާއި އެބޭފުޅުންނަކީ “ކުޅޭ ކުޅޭ” ބައެއް ކަމަށް ހީކުރަނީތޯ ސުވާލުކުރައްވާފައެވެ.
އިތުރަށް ރައީސް ނަޝީދު ވަނީ “އިބޫ ވީޑިއޯ އެބަހުރި. އަދި މަށަށް ވެސް ޖަލުގައި އިނދެވޭނެ،”ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، އެއީ ކޮން ވީޑިއޯއެއް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ.