English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ މަގުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދެފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ފުވައްމުލަކު އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ދަނީ ތާރުއެޅުމުގެ މަސައްކަތަށްކުރުމަށްޓަކައި ތައްޔާރުވަމުންކަމަށެވެ އެހެންކަމުން މަސައްކަތް ކުރަމުންދާއިރު އެމަސައްކަތަށް ދަތިވާގޮތަށް މަގުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ވެރިފަރާތްތަކުން އެވެހިކަލްތައް މަގުން ނަގުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މިމަސައްކަތް ކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް އުނދަގޫވާގޮތަށް މަގުމައްޗަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ކޮށާލަމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާއިރު މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި ގައި ވަނީ ފަށާފައެވެ.

ފުވައްމުލައް ސިޓިގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.