English Edition
Dhivehi Edition
މީގެ ކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

މިދިޔަ މަހުގެ 28 ވަނަ ދުވަހު، ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ކޮކެއިންގެ ބަރުދަނުގައި 2.328 ކިލޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގު އަށް މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމަސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެ އައި އިނގިރޭސިވިލާތުގެ ދެ ފިރިހެނުން ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެން ކުރަން އުޅުނު ކަމަށެވެ. އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން އެ މީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އެ ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ،

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އެ ދެ މީހުންގެ ބަނޑުގައި 240 ބުލެޓް އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަަމަވެސް މިއަދު ކަސްޓަމްސްއިން ބުނީ އެ ދެ މީހުންގެ ބަނޑުން ނަގާފައިވަނީ 220 ބުލެޓް ކޮކެއިން ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.328 ކިލޯ ހުރި ކަމަށެވެ.

މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.