English Edition
Dhivehi Edition
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފައިލް ފޮޓޯ: ކަސްޓަމްސް

މި މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އޮފީހުން ބުނީ، މި ފަހަރު އަތުލައިގަތް މަސްތުވާތަކެއްޗަކީ އެމްފެޓަމިންގެ ބާވަތެއް ކަމަށެވެ.

މި ތަކެތީގެ ބަރުދަނުގައި 1150 ގުރާމު ހުރި ކަމަށާއި، މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދިނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެ އިދާރާއިން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މިދިޔަ މަހުވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތެވެ. މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، މިފަދަ ބޮޑެތި މިންވަރުގެ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.