English Edition
Dhivehi Edition

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކުގެ މެދުގައި ބަހަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ 71 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ އެކި ދާއިރާތަކަށް ބަހާ ފައިސާ އެ ދާއިރާތަކުގައި ހުންނަ ޕާޓީ އޮފީހަށް ހަރަދުކުރުމަށް ނިންމާފައެވެ.

އެމްޑީޕީ އިން ދާއިރާތަކަށް ފައިސާ ބަހަން ނިންމާފައިވާ ގޮތް ހާމަކޮށްފައިވާއިރު، 20 އިންސައްތަ ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށް ވަނީ ނިންމާފައެވެ. އަދި 25 އިންސައްތަ ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 45 އިންސައްތަ ދާއިރާގެ މެމްބަރުންގެ ނިސްބަތުން ބެހުމަށް ނިންމާފައިވާއިރު 10 އިންސައްތަ ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ޓެގު