English Edition
Dhivehi Edition
އަބްދުالله ޝާހިދު މިއަދު ރައްޔިތުންގެ މަޖިލީހުގައި:-

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަޣުލަބިއްޔަތު އޮތްނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރަމުންދާ މިންވަރު ބަލައި، ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެ ޕާޓީގެ މެންބަރުން ވަރަށް ފަރުވާތެރިވެ ވަޑައިގެންނެވި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަކީ ފާއިތުވި ފަސް އަހަރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީއަށްވެފައި މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ޕާޓީ ކަމުގައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އިސް ވަޒީރުންނާ ސުވާލުކޮށް، އެ ވަޒީރުންގެ މަސައްކަތްތައް ވަޒަންކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އެ ޕާޓީގެ މެންބަރުން ވަރަށް ފުރިހަމައަށް ކުރައްވާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އަޙްމަދު ސަލީމްއާ ބައްދަލުކުރައްވައި، ނިމިގެންދިޔަ މަޖިލީހުގެ ދައުރުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރައްވަމުންނެވެ.

.

ޓެގު