English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން ގާޑިޔާ ވިޔަފާރިކުރުމަށް 10 ސަރަހައްދެއް ކަނޑައަޅާ. އެ ސަރަހައްދުތަކުން ބިން ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފިއެވެ

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު ” ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށް ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތައް ހާމަކޮށްފައެވެ.

މި ގޮތުން ބިން ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ

  • ދެށިނާ މަގުގެ ހުޅަނގު ދެކުނު ޓުއަރިޒަމް ޒޯން ސަރަހައްދު
  • ދެށިނާ މަގުގެ ހުޅަނގު ދެކުނު ޓުއަރިޒަމް ޒޯން ސަރަހައްދު
  • ހަވީރީހިނގުމުގެ އުތުރުކޮޅު
  • ބަހާއުއްދީނުމަގުގެ އުތުރުކޮޅު
  • ކޯގަންނު މަގުގެ ހުޅަނގު އުތުރު
  • ސްޓޭޑިއަމްގެ ދެކުނު
  • މަޖުދުއްދީން މަގުގެ އިރުދެކުނު ވޭރާނޑު ސަރަހައްދު
  • ވެމްކޯ ދެކުނު
  • އިންޖީނުގޭގެ ހުޅަނގު
  • ގަނޑުވަރުފަންނު

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދުތަކުގައި ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 އޮގަސްޓު 2022 ވާ ހޯމަ ދުވަހު 2:00 ގެ ކުރިން މީދޫ އަވަށު އޮފީހަށް ފޯމް ހުށަހެޅުމަށް އެދިފައެވެ. އަދި ގާޑިޔާ ވިޔަފާރީގެ ހުއްދަ އަށް އެދޭ ފޯމް ރަސްމީގަޑީގައި މީދޫ އަވަށު އޮފީހުން ލިބެން ހުންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.