English Edition
Dhivehi Edition
މާފުށީ ޖަލު/ފޮޓޯ މިހާރު

ހުއްދަ ނެތި މާފުށި ޖަލަށް ވަންނަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުންގެ މައްޗަށް ކުށް ސާބުތުވެ ހުކުމް ކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުެ ތެރޭގައި މާފުށީ ޖަލުގެ އިރު ދެކުނު ފަރާތުން ހުއްދަ ނެތި ޖަލަށް ވަންނަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު އަދި ނ. މަނަދޫ، ކެރީބިއަން، އިބްރާހީމް ޖަޒުލާނެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މި ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުވެފައިވާއިރު، އިސްމާއީލް ހައްމާދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަޅް ކޯޓުންވަނީ ހުކުމްކޮށްފައެވެ. އަދި އިބްރާހީމް ޖަޒުލާން 53،600ރ. އިން ޖޫރިމަނާކުރުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.