English Edition
Dhivehi Edition

ޑަބްލިޔުޑީސީ ޕޮލިސް ވޮލީޗެމްޕިއަންޝިޕް 2017 މުބާރާތުގައި މިރޭ ފޭދޫ ޔޫތު ކޮމިޔުނިޓީ ޓީމާއި ފޭދޫ ހެލްތު ސެންޓަރު ބައްދަލުކުރި މެޗު ފޭދޫ ޔޫތު ކޮމިޔުނިޓީން ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމަކަށްފަހު އެ މެޗު އެޓީމުން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ޔޫތު ކޮމިޔުނިޓީގެ ޖާޒީ ނަމްބަރ 7 ފާތިމަތު ނުސްރާއެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ ކުޅޭނީ 8 މެޗެވެ. ސެމީ ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އޮންނާނީ 30 ވަނަދުވަހުގެ ރޭގައެވެ.

މުބާރާތުގައި މާދަމާރޭ ބައްދަލުކުރާނީ މަރަދޫފޭދުއާއި، ފޭދޫ ޔޫތު ކޮމިޔުނިޓީއެވެ. މެޗު ފަށާނީ މާދަމާރޭ 20:30 ގައެވެ.