English Edition
Dhivehi Edition
ފޮޓޯ:ވަގުތު

ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ކެންޑިޑޭޓަކު ނެރޭނެކަމަށް ގާސިމް ވިދާޅުވެފައި މިވަނީ އެ ޕާޓީން ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ޖަލްސާއެއްގައެވެ.

ރޭ ބޭއްވި މި ޖަލްސާގައި ގާސިމް ވިދާޅުވީ އެ ޕާޓީ އާ ނުލައި މިހާތަނަށް އެއްވެސް ބަޔަކަށް ވެރިކަމަށް އާދެވިފައި ނުވާ ކަމަށެވެ. އެކަނި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ކޮންމެ ޕާޓީއެއް ވެސް ވަކި ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވަން ވިސްނާނެކަމަށެވެ.

ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އަންނަ އަހަރު ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކުރައްވަމުން ގާސިމް ވިދާޅުވީ ޕްރައިމަރީއެއް ބާއްވާނެތޯ ނުވަތަ ނުބާއްވާނެތޯ ވެސް ކަނޑައަޅާނެކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ޖޭޕީން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނީ ކޮންގްރެސްއިންކަމަށެވެ. އިތުރަށް ގާސިމް ވިދާޅުވީ ކޯލިޝަން ހެދުމުގެ ކުރިން އެ ޕާޓީއާއެކު، އެހެން ޕާޓީތަކުން އެއްބަސްވުންތަކެއް ހަދާ ކަމަށާއި ނަމަވެސް އެ އެއްބަސްވުންތަކަށް ފުރިހަމަ އަށް އިހުތިރާމް ނުކުރާ ކަމަށެވެ.