English Edition
Dhivehi Edition

އިސްލާމީ ޝަރީއަތުގައި ހަރާމް ކަމަށް ކަނޑައަޅާފައިވާ ފަދަ އަމަލެއްކޮށްފައި ނުވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ‘ބަރަހަނާ’ ވީޑިއޯތަކުގެ ތެރޭގައި ސަލީމްގެ ވީޑިއޯއެއްވެސް ‘ލީކުވެގެން’ އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ އެކަން ދޮގުކުރައްވާފައެވެ.

މި ވާހަކަތަކާއި ގުޅިގެން މިއަދު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ސަލީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަން ކަނޑައަޅާފައިވާ ފަދަ އަމަލެއްކޮށްގފައި ނުވާނެ ކަމަށެވެ. އެހެންކަމުން ސަލީމް ވަނީ އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށް ވާއިރު، އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާމް ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލައި ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މި ސިޓީގައި ސަލީމް ވަނީ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި، އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެކަން ފާހަގަކުރައްވާފައެވެ. އިތުރަށް ސަލީމް ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.