English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ސިމެންތި ގުދަން ހިންގި ޢިމާރާތާއި ބިން ކުއްޔަށް ދޫކުރުމަށް ނިންމާ، ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ސިމެންތި ގުދަން ހިންގި ޢިމާރާތާއި ބިމަކީ 5893.28 އަކަފޫޓްގެ ބިމެކެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ބޮޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ (ތިންސަތޭކަރުފިޔާ) އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ބިން ކުއްޔަށް ހިފުމުގެ ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 04 ޖުލައި 2022 ހޯމަދުވަހުން ފެށިގެން 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާއި ދެމެދު މެއިލްކުރުމަށް [email protected] އެދިފައެވެ.

މިކަމާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް 26 ޖޫން 2022 ވާ އާއްދީއަތް ދުވަހުން ފެށިގެން 04 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 12 ޖުލައި 2022ވާ އަނަގާރަ ދުވަހުގެ 11:00ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ