English Edition
Dhivehi Edition

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޓިއޯނޭ ޖޭޑަން މެރިޓް (ލިލް ޓީޖޭ)ގެ ގަޔަށް ބަޑި ޖަހައިފިއެވެ.

ސައުންޑްކްލައުޑްގައި އަމިއްލަ މިއުޒިކްތައް ގެނެސް ދެމުން އަންނަ ޓީޖޭއަށް، މި ހަމަލާއާއި ގުޅިގެން ފަރުވާދެމުން އަންނައިރު މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބޭރުގެ މީޑީއާތަކުން ވަނީ ބުނެފައެވެ. އަދި މި ހަމާލާގައި ލިބުނު ޒަހަމްތަކާއި ގުޅިގެން އޭނާގެ ސާޖަރީއެއްވެސް ކުރަންޖެހުނު އިރު، ޓީޖޭ ގަޔަށް ބަޑި ޖެހި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ނިއު ޖާޒީ ސްޓޭޓްގެ ޝޮޕިން ސެންޓަރެއްގެ ތެރޭގައި ބަޑިޖެހި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ރޭގަނޑު 12:08 ހާއިރު ހިނގި ބަޑިޖެހުމުގެ ހާދިސާގައި 21 އަހަރުގެ ޒުވާނަކު ޒަހަމްތަކާއެކު ފެނިފައިވާކަމަށެވެ. އަދި ބަޑީގެ ހަމަލާ އަމާޒުވި އިތުރު 22 އަހަރުގެ މީހަކުވެސް އެ ސަރަހައްދުގައި ހުރި ގޭސް ސްޓޭޝަނެއް ކައިރިން ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ހަމާލާދީފައިވަނީ، މީހުންގެ އަތުރުން ފޭރުމުގެ ތެރޭގައި ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.