English Edition
Dhivehi Edition

ކޮންމެ މީހަކަށް ވިއަސް ހަރުކަށި ފިކުރަށް ޖާގައެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މެމްބަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރަން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެން ބާއްވަން އުޅުނު ހަރަކާތައް ހުރަސް އެޅިކަމުގެ ތުހުމަތުގައި 15 މީހަކު ހައްޔަރުކުރުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް، ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައާއި ގުޅިގެން އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު ވެސް ހައްޔަރުކޮށްފައިވާއިރު، އެމީހުންނަށް ދީނީ އިރުޝާދު ދިނުމަށް ދޫކޮށްފައިވާ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.

އަސްލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ހަމަހަމަ އިންސާފުވެރި މުޖުތަމައެއްގައި ކޮންމެ މީހަކަށް ވިއަސް ހަރުކަށި ފިކުރަށް ޖާގައެއް ނޯންނާނެ ކަމަށެވެ. “އެއީ ދީނީ އިލްމުވެރިއެއްކަމުގައި ވިޔަސް، މަޝްހޫރު ސިޔާސީ މީހަކަށް ވިއަސް އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނަން އެބަ ޖެހޭ” އަސްލަމް ވިދާޅުވިއެވެ.

1 ކޮމެންޓް
ފިގޭ
ޖޫން 27, 2022
ޖާގަ އޮތީ ފިރިހެން ކުޅިއަށް ދޯ ފިރިހެންކުޅި އަސްލަމު