English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށް ހުށަހަޅާފައެވެ. އެހެންކަމުން މި މާއްދާގެ ދަށުން އުމުރުން 55 އަހަރު ވުމުން މެންބަރުކަމުގެ މުސާރައިގެ 30 އިންސައްތަ ،މެންބަރަކާ އެއްފަދައިން ހެލްތު އިންޝުއަރެންސް އަދި އޮފިޝަލް ޕާސްޕޯޓް ދިނުން ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.

ބިލް ހުށަހަޅުވައިދެއްވަމުން އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު” ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށާއި އެ އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށެވެ. އަދި މިއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްއެންޕީ އިން ވަނީ ރައްޔިތުންގެ މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ބައެއްކަން ފާހަގަކޮށްފައެވެ.