English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯނާ އެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަނީ ލިއޯންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ “އޭޒް ޔޫ ޕްލޭން” އިން މެނޭޖްކުރާ ޗުއްޓީ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ “ވިޒިޓް މޯލްޑިވްސް” އެވެ.

“ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން – މޯލްޑިވްސް އެޑިޝަން” ގެ ނަމުގައި ކުރިއަށްދާ މި ޕްލޭންގައި ސަނީ ލިއޯންގެ އިތުރުން އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މާލެ އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް ގައި ޗުއްޓީ ހޭދަކުރުމަށް 100 ލަގްޒަރީ ވިލާ ހަމަޖައްސާފައިވާއިރު، މި ޗުއްޓީގައި ބައިވެރިވުމަށް ދޫކުރަނީ ލިމިޓެޑް ސްލޮޓްތަކެއްކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މި ޗުއްޓީ ދަތުރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ތެރޭގައި ސަނީ ލިއޯނާ އެކު އިރުއަރާ ގަޑީގައި ޔޯގާކުރުން ބީޗް ގޭމްސް އާއި އޭނާ ހަމަޖައްސާ ޗެލެންޖުތަކުގެ އިތުރުން މޮޅުވާ މީހަކަށް ސަނީ ލިއޯނާ އެކު ކޮފީ ޑޭޓަކަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެޕްޓެމްބަރު މަހު 16 އިން 19 އަށް ކުރިއަށްދާ މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހޯދުމަށް “އޭޒް ޔޫ ޕްލޭން” ގެ ވެސްބައިޓްގައި ރަޖިސްޓްރީވެ ބުކިން ހައްދަން ޖެހެއެވެ.

1 ކޮމެންޓް
ގަނޑިޔަ
ޖުލައި 5, 2022
"ސްޕެޝަލް ކޮފީ ޑޭޓް" ހައްހައްހައް.. މަބެނީ ޔޫމެން ބެނަނީ ކިޔަންކާއު؟