English Edition
Dhivehi Edition
މްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ލ. އަތޮޅަށް. އަންނަ މަހު އާ ބަސްތައް ގެންނާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީ އަށް އިތުރު 15 ބަސް ގެނެސް މާލެ ސަރަހައްދުގައި ހިދުމަތްތައް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ގޮތުން އާދަމް އާޒިމް ވިދާޅުވީ ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގެ ބަހުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރަމުން އަންނަކަމަށްވެސް އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ، އިތުރަށް އާދަމް އާޒިމް ވިދާޅުވީ އަންނަ މަހު މި ތިން އަތޮޅުށްވެސް އާ ބަސްތައް ގެންނާނެކަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން ޓެކްނޮލޮޖީގެ އެހީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަން އާދަމް އާޒިމް ވަނީ ފާހަގަކުރައްވާއެވެ. އަދި ބީއެމްއެލްގެ ކާޑުތަކާއި މާސްޓަރ ކާޑު ގެ އިތުރުން ސްމާޓް ފޯނު މެދުވެރިކޮށްވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން ގެނައި އާ ބަސްތަކުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ތިން މަންޒިލަކަށް ދަތުރުކުރާނެއެވެ. އެއީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ޓާމިނަލަށާއި ކާނިވާ ސަރަހައްދު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.