English Edition
Dhivehi Edition

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލް އިން ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގއ. ދެއްވަދޫ ކައުންސިލް އިދާރާއިން ނެރުނު އިއުލާނުގައި ބުނީ މި މުބާރާތުގެ މަގްސަދަކީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުން ކަމަށެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ “ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1443” ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2022 އިން 18 ޖުލައި 2022 އަށެވެ،

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 26 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13.00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ.