ތުރުކީގެ ވެރި ރަށް އިސްތަންބޫލުގައި މެއި މަހުގެ 20ން 30އަށް ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ.
ދިވެހިރާއްޖެ އަށް ފުރުޞަތު ލިބުނީ މި މުބާރާތުގެ ދެ ގޮތްޕެއްގައި ބައިވެރިވުމަށެވެ. އެއީ މުޅި ޤުރްއާން ތިލާވަތުކުރުމާއި ޙިފްޒްގެ ބައިންނެވެ.
އެއިން ކޮންމެ ގޮތްޕެއްގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވަނީ އެންމެ ބައިވެރި އަކަށް ކަމަށާއި މި މުބާރާތުގައ ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނަކަށްކަމަށް ކީރިތި ޤުރުއާނާ ބެހޭ މަޢުލޫމާތު ދެއެވެ. އަދި އެފަރާތެއް ވާންޖެހޭނީ ބައިނަލް އަޤްވާމީ މުބާރާތެއްގައި އެއްވަނަ ހޯދާފައި ނުވާ، އިސްލާމީ ދުނިޔޭގައި ޤާރިއެއް ކަމުގައި ނުވާ މީހަކަށްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާން ކަނޑައަޅަފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ މާރޗު މަހުގެ އެއްވަނަ ދުވަހެވެ.
ފަހަކަށް އައިސް ރާއްޖެއަށް އަންނަނީ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެމުންނެވެ. ދުނިޔޭގެ އެކި ސަރަޙައްދުގައި މިފަދަ މުބާރާތްތައް ބާއްވަމުން އަންނައިރު ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމަށް ކީރި ޤްރުއާނާ ބެހޭ މަރުކަޒުން އަންނަނީ މަސައްކަތް ކުރަމުންނެވެ.