English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މި ހަފުތާގައި ހަމަވާނެކަން އެ ބޭންކުން ހަނދާން ކޮށްދީފިއެވެ.

އެ ބޭންކުން ބުނީ މިއަހަރުގެ ދެވަނަ ފިޔަވަހީގައި ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ހަމައެކަނި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަދި ޖަމާއަތްތަކުން ކަމަށެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށްފަހު ޕްރޮޖެކްޓް ހިންގުމަށް އެ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން 65 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން މިހައިތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.