English Edition
Dhivehi Edition

ގއ. ވިލިނގިލީގެ ގެއަކަށް ވަދެ އެގޭގައި ދިރިއުޅޭ އަންހެނެއްގެ އިނގިލީގައި ދަތް އަޅައި އިނގިލިން ބައެއް ބުރިކޮށް . އަދި އެގޭގައި އުޅުނު އެހެން އަންހެނެއްގެ އިނގިލި ބިންދާލި މައްސަލައާއި ގުޅިގެން ދަޢުވާ ލިބޭ ފަރާތް، ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހޯމަ ދުވަހު އޮތް އަޑުއެހުމުގައި މިމީހާ ބަންދު ކުރުމަށް ނިންމި އިރު އޭނާގެ މައްޗަށްވަނީ މީގެ ކުރިންވެސް މި އަމުރު ނެރެ އަދި ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ކުށުގައި 150 ދުވަހަށް ޖަލަށްލާންވެސް ޙުކުމް ކޮށްފައެވެ. އެހެންނަމަވެސް އަމުރު ރިވިއު ކުރުމަށް ހުށަހެޅުމުން ޖޫން 1 ވަނަ ދުވަހު ގެ އަޑުއެހުމުގައި ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަމުރުކުރުމުން އެކޯޓުން ނިންމި ނިންމުން މުރާޖަޢާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުގައި ވަނީ އެދިފައެވެ.
މީހެއްގެ އިނގިލި ބުރިކޮށްލި ހާދިސާގައި ދައުވާކޮށްފައިވާ މިމީހާއަކީ ގ. ޗެރީހައުސް، އަލީ ހަސަންއެވެ. މިކަމާގުޅިގެން ޢަލީ ހަސަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފަސް ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާއާއި، ހުއްދަނެތި މީހެއްގެ ގައިގައި އަތްލުމުގެ ދަޢުވާގެ އިތުރުން މީހަކަށް އަނިޔާއެއް ދިނުމުގެ 3 ދަޢުވާއެކެވެ.