English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ މާރާމާރީ އެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެރޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިއްޔެ، އިތުރު ދެ މީހަކު ހައްޔަރު ކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު ހޮސްޕިޓަލާއި ހަވާލާ ދީ ފުލުހުން ބުޏި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ޓެގު