English Edition
Dhivehi Edition

އުރީދޫން މޯލްޑިވްސް އިން ސެމްސަންގެ މޮޅު ފޯނުތަކެއް، ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އުރީދޫން ބުނީ، ސެމްސަންގްގެ ފަހުގެ މޮޅު ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުން މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. އަދި މޫލީން ގަންނަ ފޯނުތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެންމެ ކައިރީގައި ހުންނަ އުރީދޫގެ ފިހާރައިން ވެސް މި އޮފާ އަށް ސެމްސަން ފޯންތައް ގަނެވޭނެ އެވެ.

އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އޮފާރގައި ވިއްކާ ސެމްސަންގެ ފޯނުތަކުގެ އަގުތަކަކީ މި ވަގުތު މާކެޓުގައި ލިބެން ހުންނާނެ އެންމެ ރަނގަޅު އަގުތައްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫން ހާއްސަ އަގުތަކެއް ކަނޑައަޅަިއގެން ވިއްކާ ފޯނުތަކާއި އަގުތައް:

  • ސެމްސަންގް ގެލެކްސީ އެސް21، 5ޖީ ޕްލަސް (256 ޖީބީ) – 15،500 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް (256 ޖީބީ) – 14،000 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް20، 5ޖީ ޕްލަސް (256 ޖީބީ) – 11،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް (128 ޖީބީ) – 9،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް20 (128 ޖީބީ) – 7،499 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް10 ޕްލަސް (256 ޖީބީ) – 9،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (256 ޖީބީ) – 5،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 (128 ޖީބީ) – 4،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (256 ޖީބީ) – 5،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް9 (1 28ޖީބީ) – 7،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް ބީންސް- 899 ރުފިޔާ

ޓެގު