English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިއްޖެއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ފަޔަރ ބިލްޑިންގ މަސައްކަތުގެ 87 ޕަސެންޓާއި ރަންވޭ މަސައްކަތުގެ 70 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި ޓަރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.