English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައިވެސް “އަޔާޓާ” އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ތައްޔާރުވެފައިވާކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.

އެގޮތުން މެއި މަހުގެ 30 ވަނަ ދުވަހު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖް، “އަޔާޓާ” އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ހަމަޖެހުނުކަން އިއްލާން ކުރެއްވީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ) ގެ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ (ފޯރ ސައުތު އޭޝިއާ) މިސްޓަރ ލޮކޭޝް މައްޓާ އެވެ.

ހަމަ އެއާއެކު ދިވެހިރާއްޖޭގައި “އަޔާޓާ” ގެ ތަމްރީން ކޯސްތައް ހިންގާ އިތުރު މަރުކަޒެއްގެ ގޮތުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ހަމަޖައްސެވުމަށްފަހު މިމަހުގެ 1 ވަނަ ދުވަހު އެވިޑް ކޮލެޖުން ޢިންތިޒާމްކޮށްގެން ސޮލައިޓް ރެސްޓޮރެންޓްގައި ބޭއްވި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި މިސްޓަރ ލޮކޭޝް އިއްލާންކުރެއްވިއެވެ.

އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި “އަޔާޓާ” ގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ އެމަނިކުފާނު ވަރަށް ކުރީއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އަދި އެކަން މިއަދު ހަޤީޤަތަކަށް ބަދަލުވެ އެވިޑް ކޮލެޖްގެ ނަން އަނެއްކާވެސް ރަންއަކުރުން ތާޜީޚްގައި ފަވާލެވިއްޖެކަމުގައެވެ.

އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި “އަޔާޓާ” އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ލިބިފައިވާ ޕްރޮގްރާމްތައް:
  • އެސިސްޓިންގ ޓްރެވެލަރސް ވިތް ސްޕެޝަލް ނީޑްސް
  • އީ ކޮމަރސް އިންދަ ޓްރެވެލް އިންޑަސްޓްރީ
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް އެމެޑަސް
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ގެލެލިއޯ
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ
  • ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބަރ ފޯރ ދަ ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ތްރެއިނިންގ ޕްރޮގްރާމް
  • ފަަންޑަމެންޓަލް ސްކިލްސް އިން ޖަރނީ ޕްރައިސިނގް އެންޑް ޓިކެޓިންގ
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – އެމެޑަސް
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ގެލެލިއޯ
  • ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއަރސް އެނޑް ޓިކެޓިނގް – ސޭބަރ
  • މެނޭޖިންގ ދަ ޓްރެވެކް ބިޒްނަސް
  • ސޯޝަލް މީޑިއާ ސްޓްރެޖީ ފޯރ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލަރނިންގ
  • ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް

މިހާރު “އަޔާޓާ” ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރަމުންދާ ކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތުދެއެވެ.